ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019: މުބާރާތުގެ ފުރަތަމަ މެޗް ޓީމް އެޗްކިޔު ކާމިޔާބުކޮށްފި

މާލޭ މާފަންނު ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ޕީއާރުސީ ފުޓްބޯލް ޓޯރނަމެންޓް 2019 ގެ ފުރަތަމަ މެޗުގައި މާލެ ޖަލާއި ޓީމް އެޗްކިޔު ބައްދަލު ކުރި މެޗް ޓީމް އެޗްކިޔު އިން ކާމިޔާބު ކޮށްފި އެވެ.

މި މެޗް ޓީމް އެޗްކިޔު އިން ކާމިޔާބު ކުރި 1 – 0 ގެ ނަތީޖާއަކުން މާލެ ޖަލުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް އެޗްކިޔު ގެ ޖަރޒީ ނަމްބަރު 8 މޫސާ ޙަސަން އެވެ.

މި މުބާރާތަކީ، އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުވުމުގެ މަޤަޞަދުގައި ކުރިއަށް ގެންދާ ޙަރާކާތެކެވެ. އެމްސީއެސް އިން އަންނަނީ އަހަރުގެ އެކި ދުވަސްވަރުގައި އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ އެކި ޙަރަކާތްތައް ރާވާ ހިންގަމުންނެވެ.