ޕީ.އާރު.ސީ ފުޓްބޯޅަ މުބާރާތް ފަށައިފި

ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ޕީ.އާރު.ސީ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

މިއަދު މާފަންނު ސްޓޭޑިއަމްގެ 1 ނަންބަރު ޓާފް ދަނޑުގައި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މުބާރާތް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހީމް މުޙައްމަދު ދީދީ އެވެ.

image3

މި ރަސްމިއްޔާތުގައި ޕްރިޒަން ކުލަބުގެ ރައީސް ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ އާއި ޕްރިޒަން ކުލަބުގެ ކޮމެޓީ މެންބަރުންގެ އިތުރުން ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެފައިވެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައްދަލުކުރީ ޓީމް އެޗްކިއު އާއި މާލޭ ޖަލުގެ ޓީމެވެ. މި މެޗް 1-0 ކާމިޔާބުކުރީ ޓީމް އެޗްކިއު އެވެ.

image1

މި ޖުލައިމަހުގެ 26 ވަނަ ދުވަހުން އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕީ.އާރު.ސީ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 5 ޓީމެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން މާފުށީ ޕްރިޒަންގެ އިތުރުން އީ.އެސް.ޖީ އާއި ޓީމް އެޗްކިއު އާއި މާލޭ ޖަލާއި އައްސޭރި ޖަލެވެ.

މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް ސެމީއަށްދާ ގޮތަށެވެ. އަދި ސެމީ ފައިނަލްގެ ދެމެޗުން މޮޅުވާ ދެޓީމު ފައިނަލް ކުޅޭ ގޮތަށެވެ.