އިންޓަރޕާސަނަލް ސްކިލްސް އަދި ޑިސިޝަން މޭކިންގް އެންޑް ޕްރޮބްލެމް ސޯލްވިންގް ވޯކްޝޮޕް ނިންމާލައިފި

ޕްރޯލް އޮފީހުގެ އޮފިސަރުންނާއި، މާލެ ޖަލާއި ހުޅުމާލެ ޖަލުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ އިންޓަރޕާސަނަލް ސްކިލްސް އަދި ޑިސިޝަން މޭކިންގް އެންޑް ޕްރޮބްލެމް ސޯލްވިންގް ވޯކްޝޮޕް އިއްޔެ ނިންމާލައިފި އެވެ.

ހުޅުމާލެ ޖަލުގައި 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވަރކްޝޮޕަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ވޯކްޝޮޕަކީ އައިކޯސްޓްގެ ފަރާތުން ޕެރޯލް އޮފީހާއި، މާލެ އަދި ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންނަށް ދިރިއުޅުމުގެ އެކި ހުނަރުތައް އަންގައިދިނުމުގެ އިތުރުން ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތައް ޙައްލުކޮށް އެކަންކަމަށް އެންމެ އެކަށީގެންވާ ފިޔަވަޅު އަޅާނެ ގޮތް އަންގައި ދިނުމަށް ބޭއްވި ވޯކްޝޮޕްކެވެ. މި ވޯކްޝޮޕްގެ ސަބަބުން އޮފިސަރުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ޤައިދީންގެ އެކި އެކި ބޭނުންތައް ޤާނޫނާއި ޤަވާއިދުތަކަށް ތަޢާރަޒު ނުވާނެ ގޮތުގެ މަތިން ކޮށްދޭނެ ގޮތްތައް ދަސްވެގެންދިޔައެވެ.