ޖުވެނައިލް ޖަސްޓިސް ޓްްރެއިނިންގ ޕްރޮގްރާމްގެ 3 އަދި 4 ވަނަ ބެޗް ނިންމާލައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑިޒް (އައިކޯސްޓް) އާއި ޖުވެންއިލް ޖަސްޓިސް ގުޅިގެން ސިލްސިލާކޮށް ހިންގަމުންދާ “ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ފޯރ އެމްސީއެސް” ގެ ތިންވަނަ އަދި ހަތަރުވަނަ ބެޗް އައްސޭރިޖަލުގައި އިއްޔެ ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް އާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުންނަށް އައްސޭރި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާއިމެދު ހަރުދަނާކޮށް ކަންކުރާނެ ގޮތްތަކާއި،ކުޑަކުދިންގެ އަދުލުގެ ނިޒާމް އަދި ޤާނޫނާއި ޚިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ ހާލަތާއި، ޖުވަނައިލް ކޯޓާއި ޖުވަނައިލް ކޯޓުން މައްސަލަތަކުގައި ޢަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތުތަކާއި، ރެސްޓޮރޭޓިވް ޖަސްޓިސް ތާރީޚާއި، އަމަލުކުރަމުންދާގޮތުގެ ތައާރަފް އަދި އދ. ގެ ކުޑަކުދިންގެ ޙައްގުތަކާއި ބެހޭ މުއާހަދާތަކާއި، ކުށްކުރާ ކުދިންނާއިއެކު މަސައްކަތްކުރާނެ ފަރާތްތަކަށް އެކުދިންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

6 ދުވަހުގެ މުއަދަތަށް ކުރިއަށްދާ މި ޕްރޮގްރާމް ކުރިއަށްދަނީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައި ހުންނަ އައްސޭރި ޖަލުގަ އެވެ. މި ޕްރޮގްރާމްގައި އައިކޯސްޓާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންގެ އިތުރުން އައްސޭރި ޖަލުގެ 32 އޮފިސަރުން ބައިވެރިިވި އެވެ.