ކޮމިޝަނަރ އޮފް ޕްރިޒަންސް އައިކޯސްޓްގެ މުދައްރިބުންނާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އައިކޯސްޓްގެ މުދައްރިބުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ކޮމިޝަނަރގެ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ހެޑް އޮފީހުގައެވެ.

ސީޕީ މުނާޒްގެ މިބައްދަލުކުރެއްވުމުގައި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ބައްލަވާ، މިހާރު ކުރިއަށްދާ އަސާސީ ތަމްރީނު ބެޗްގެ ޓްރެއިނިންގތައް ކުރިއަށްދާގޮތް ވަނީ ބައްލަވާފައެވެ. އަދި ކުރިއަށް ރޭވިފައިހުރި ތަމްރީނުތައް ކުރިއަށް ގެންދެވުމުގައި މަސައްކަތް ކުރަންވީ ގޮތްތަކުގެ އިރުޝާދުވެސް ކޮމިޝަނަރ ވަނީ މި ބައްދަލުކުރެއްވުމުގައި މުދައްރިބުންނާ ހިއްސާ ކުރައްވާފައެވެ.