ކޮމިޝަނަރ އޮފް ޕްރިޒަންސް މާފުށި ޖަލަށް ޒިޔާރަތް ކުރައްވަފި

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވަފިއެވެ.

ކޮމިޝަނަރގެ މި ޒިޔާރަތުގައި އެސް.ޕީ މުޙައްމަދު ޢާޞިފް ބައިވެރިވެލެއްވިއެވެ.

ސީޕީ މުނާޒް މިއަދު މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އޭ.އެސް.ޕީ އަޙްމަދު ރިޒާ އާއި މާފުށީ ޖަލުގެ ސީނިއާ މެނޭޖްމަންޓް އާއި ބައްދަލުކުރައްވާ، މާފުށީ ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާ، އެ ޕްރޮގްރާމްގެ ދަށުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އިތުރަށް ރަނގަޅު ކުރެވެންހުރީ ކޮން ކަންތައްތަކެއްތޯ ބައްލަވާ، އެކަންކަން ރަނގަޅު ކުރެއްވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.