ޕީއާރުސީ ވޮލީބޯލް ޓޯރނަމެންޓް 2019: ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލުން ކަށަވަރުކޮށްފި

މިހާރު ފެށިގެން ކުރިއަށްދާ ޕީއާރުސީ ވޮލީބޯލް ޓޯރނަމެންޓް 2019 ގެ ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލުން ކަށަވަރުކޮށްފި އެވެ.

މާފުށި ޖަލު ފައިނަލަށް ދަތުރުކުރި ރޭ މާލެ ޖަލާ ދެކޮޅަށް ކުޅެ 3 ސެޓު 0 ސެޓުގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މީގެއިތުރުން މާފުށީ ޖަލު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗު ކާމިޔާބުކޮށް މުބާރާތުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މާފުށީ ޖަލުގެ ޖަރޒީ ނަމްބަރު 8 މުހައްމަދު ޝަރީފް އެވެ.