ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019: ޓީމް އެޗްކިޔޫ ފުރަތަމަ މެޗުން މޮޅުވެ، މާލެ ޖަލުން ދެވަނަ މެޗް ރަނގަޅުކޮށްފި

މިހާރު ފެށިގެން ކުރިއަށްދާ ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019 ގެ ދެވަނަ ރޭގެ މެޗްތައް ޓީމް އެޗްކިޔޫ އަދި މާލޭ ޖަލުން ކާމިޔާބުކޮށްފި އެވެ.

މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ޓީމް އެޗްކިޔޫ އަދި އައިކޯސްޓެވެ. މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބު ކުރީ، ޓިމް އެޗްކިޔޫ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ، ޓީމް އެޗްކިޔޫގެ ޖަރޒީ ނަމްބަރު 7 އިސްމާއިލް ޝިހާމް އަށެވެ.

އަދި މިރޭގެ ދެވަނަ މެޗުގައި މާލޭ ޖަލާއި އީއެސްޖީ ވާދަކުރި އިރު، މާލެ ޖަލުން ވަނީ މި މެޗް ކާމިޔާބުކޮށްފަ އެވެ. މާލޭ ޖަލުން އީއެސްޖީގެ މައްޗަށް ކުރިހޯދީ، 3 ސެޓް 1 ސެޓުގެ ނަތީޖާއަކުންނެވެ.

Prison Club

މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ، މާލެ ޖަލުގެ ޖަރޒީ ނަމްބަރު 13 އަހުމަދު ޝާހީން އަށެވެ.