ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019: ޓީމް އެޗްކިޔޫ އަދި މާފުށީ ޖަލުން ދެވަނަ މެޗް ވެސް ކާމިޔާބުކޮށްފި

ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019 ގައި ޓީމް އެޗްކިޔޫ އަދި މާފުށި ޖަލުން ކުޅުނު ދެވަނަ މެޗް ދެޓީމުން ވެސް ކާމިޔާބުކޮށްފި އެވެ.

މިރޭގެ ފުރަތަމަަ މެޗް މާފުށީ ޖަލުން ކާމިޔާބު ކުރީ، އައިކޯސްޓާ ވާދަކޮށް 3 ސެޓު ވެސް ކާމިޔާބުކޮށްގެނެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ، މާފުށީ ޖަލުގެ ޖަރޒީ ނަމްބަރު 5 ހުސައިން ފަޒީލް އެވެ.

އަދި ދެވަނަ މެޗުގައި ޓީމް އެޗްކިޔޫއިން މެޗް ކާމިޔާބުކުރީ، އީއެސްޖީ އާއި ދެކޮޅަށް ކުޅެ، 3 ސެޓް 2 ސެޓުގެ ނަތީޖާއަކުން އީއެސްޖީގެ މައްޗަށް ކުރިހޯދައިގެންނެވެ.

Prison Club

މި މެޗުގައި ދެޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ، ޓީމް އެޗްކިޔޫގެ ޖަރޒީ ނަންބަރު 8 ފިރާޝް ޢަބްދުއްރަޙުމާން އަށެވެ.