ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019: ފުރަތަމަ މެޗް މާފުށީ ޖަލުން ކާމިޔާބުކޮށްފި

ޕީއާރުސީ ވޮލީ ޓޯރނަމެންޓުގެ ފުރަތަމަ މެޗް މާފުށީ ޖަލުން ކާމިޔާބުކޮށްފި އެވެ.

މާފުށީ ޖަލުން މި މެޗް ކާމިޔާބުކުރި، 3 ސެޓް 0 ސެޓުގެ ނަތީޖާއަކުން މާލޭ ޖަލުގެ މައްޗަށް ކުރިހޯދައިގެންނެވެ. މާލެ ޖަލުން ވަނީ މޮޅު ކުޅުމެއް މި މެޗުގައި ދައްކާފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުނީ މާފުށި ޖަލުގެ ޖާރޒީ ނަމްބަރު 8 މުހައްމަދު ޝަރީފް އަށެވެ.