ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019 ފަށައިފި

ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019 މާފުށީ ގައި މިރޭ ފަށައިފި އެވެ.

މިއީ، 2017 ވަނަ އަހަރުން ފެށީގެން ސިލްސިލާކޮށް ކޮންމެ އަހަރަކު މި މުބާރާޓް ބާއްވަމުން އަންނަތާ 3 ވަނަ އަހަރެވެ.

މިމުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޤައުމީ ވޮލީ ޓީމުގެ ކޯޗް އަހުމަދު ސާޖިދު އެވެ. އަދި މިރަސްމިއްޔާތުގައި ކޮމިޝަންޑް އޮފިސަރުންނާއި، ކްލަބްގެ މެމްބަރުންގެ އިތުރުން މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ކުޅުންތެރިން ބައިވެރިވި އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 5 ޓީމް ވާދަކުރާނެ އެވެ. އެއީ، މާލެ ޖަލާއި، ހެޑް އޮފީހާއި، އީއެސްޖީ އާއި، މާފުށީ ޖަލުގެ އިތުރުން އައިކޯސްޓެވެ.