ކްލަބް މޯލްޑިވްސް ކަޕް 2019: ކްލަބް އެޗްޑިސީ ބަލިކޮށް ކުއާޓަރ ފައިނަލަށް ޕްރިޒަން ކްލަބް ދަތުރުކޮށްފި

ޕެނަލްޓީ ޖަހައި، 6 5 ގެ ނަތީޖާއަކުން ކްލަބް އެޗްޑީސީ ބަލިކޮށް، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލަށް ޕްރިޒަން ކްލަބް ދަތުރުކޮށްފި އެވެ.

ރޭގެ މެޗު ޕްރިޒަން ކްލަބުން ކާމިޔާބު ކުރީ، މެޗްގެ ވަގުތު ހަމަވިއިރު މެޗްގެ ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ. ދެވަނަ ހާފުގައި ވާދަވެރިކުޅުމެއް ދައްކައި، މެޗްގެ ފުރަތަމަ ލަނޑު ކްލަބް އެޗްޑީސީ އިން ކާމިޔާބު ކުރި ނަމަވެސް، ޕްރިޒަން ކްލަބުން ވަނީ ފަހު މިނެޓު ކޮޅުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ، ޕްރިޒަން ކްލަބްގެ ޖަރޒީ ނަމްބަރު 13 ޖައިލަމް ޖަމީލް އެވެ. އަދި، މި މެޗްގެ މޮކުކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވިފައިވަނީ، ޕްރިޒަން ކްލަބްގެ ޖަރޒީ ނަމްބަރު 13 ޖައިލަމް ޖަމީލް އެވެ.

ރޭގެ މެޗުން ޕްރިޒަން ކްލަބް މޮޅުވެފައި ވާއިރު މިހާތަނަށް ކުޅުން ހުރިހާ މެޗަކުން ވެސް ޕްރިޒަން ކްލަބް ވަނީ މޮޅުވެފަ އެވެ. އަދި މުބާރާތުގެ ދެވަނަ ބުރަށް ޕްރިޒަން ކްލަބް ދަތުރުކުރީ، ގްރޫޕް ސްޓޭޖްގެ އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ.