ކްލަބް މޯލްޑިވްސް ކަޕް 2019 – ޕްރިޒަން ކްލަބް ދެވަނަ ބުރަށް

ހުޅުމާލެ ފުޓްސަލް ދަނޑުގައި މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕް 2019 ގެ ދެވަނަބުރުން ޕްރިޒަން ކްލަބް ޖާގަ ހޯދައިފި އެވެ.

ޕްރިޒަން ކްލަބް ދެވަނަ ބުރަށް ދަތުރުކުރީ، ޓްރޭޑް ކްލަބް އާއިއެކު ރޭ ކުޅުނު މެޗު 2 0 ގެ ނަތީޖާއަކުން ޓްރޭޑް ކްލަބް ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

ރޭގެ މެޗްގައި ޕްރިޒަން ކްލަބުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ، ޖަރޒީ ނަމްބަރު 8 މޫސާ ހަސަންފުޅާއި، ޖަރޒީ ނަންބަރު 4 އަހުމަދު ވިޖްދާން އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ލިބިފައިފަނީ ޕްރިޒަން ކްލަބްގެ އަހުމަދު ވިޖްދާން އަށެވެ.

ރޭގެ މެޗުގައި ދެ ޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ.

ޕްރިޒަން ކްލަބުން މި މުބާޜާތުގައި މިހާތަނަށް 3 މެޗް ކުޅެފައިވާއިރު، ހުރިހާ މެޗެއް ވެސް ވަނީ ކާމިިޔާބު ކޮށްފަ އެވެ.