އެމްސީއެސް އާއި އެޗްޕީއޭ ގުޅިގެން ހެލްތު އެވެއާނެސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ޑިޕަރޓްމަންޓާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޖަލުތަކުގައި ހެލްތު އެވެއާނެސް ޕްރޮގްރާމެއް ހިންގައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ، 3 ދުވަހުގެ މުއްދަތަށް އައްސޭރި ޖަލާއި، މާލެ ޖަލާއި، މާފުށީ ޖަލުގަ އެވެ.

މި ޕްރޮގްރާމަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މެޑިކަލް ޑިޕާޓްމަންޓާއި ގުޅިގެން ޖަލުތަކުގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނަށް ސިއްޙީ ކަންކަމަށް އަޙުލުވެރި ކުރުވުމާއި، ޓީ.ބީއަށް ޤައިދީން ސްކްރީން ކުރުމުގެ ކުރިން ޖަލުތަކުގެ ސީނިއަރ ބޭފުޅުން މިކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ހިންގި އެވެއަރނަސް ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގައި، އައްސޭރިޖަލާއި، މާފުށީ ޖަލާއި، މާލޭޖަލުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވި އެވެ.