އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ 2019

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންކުރާ މަސައްކަތްތައް ދައްކާލުމަށް މި މުއައްސަސާ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ބާއްވަވަމުން ގެންދާ “އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ 2019” މާދަމާ ފެށޭނެ އެވެ.

މި ފެއާ އަކީ، ޤައިދީން ކުރާ ހުނަރުވެރި މަސައްކަތްތައް ޢާންމުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައި ބޭއްވޭ ފެއާ އެކެވެ. މި ފެއާގައި ޤައިދީން ދަނޑުވެރިކަން ކޮށްގެން ހައްދާ އެކި ވައްތަރުގެ މޭވާއާއި ތަރުކާރީއާއި، އެކިކަހަލަ ގަހުގެ އިތުރުން، އަތްތެރި މަސައްކަތުން އުފައްދާ ތަކެތި ވެސް ބެހެއްޓިފައި ހުންނާނެ އެވެ. މި ފެއާގައި މުޅިންވެސް ހިމެނޭނީ، ޤައިދީން އެމީހުންގެ އަމިއްލަ މަސައްކަތުން އުފައްދާ ތަކެއްޗެއްސެވެ.

މި ފެއާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، މާފުށީ ސުކޫލުގަ އެވެ. ފެއާ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ، 16:30 އެވެ.