ރިހެބިލިޓޭޝަން ފްރޭމްވަރކް ފޭސް 3 ގެ 5 ވަނަ ޕްރޮގްރާމް ފަށައިފި

ރިހެބިލިޓޭޝަން ޕްރޭމް ވޯރކް ފޭސް 2 ނިންމާ ފާސްވި ޤައިދީންނަށް، ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ފޭސް 3 މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ރިހެބިލިޓޭޝަން ޕްރޭމް ވޯރކްގެ ފޭސްތައް ނިންމާ ކޮންމެ މީހަކީ ސަރުކާރު ޤަބޫލްކުރާ ފެންވަރުގެ ތަޢުލީމާއި، ތަމްރީންނެއް ލިބިފައިވާ މީހަކަށް ހެދައި، އަމިއްލަ ދިރިއުޅުމަށް ފައިދާ ކުރުވަނި މަސައްކަތެއް ދަސްކޮށްދެވިފައިވާ މީހަކަށް ހެދުމެވެ. އަދި ޤައުމީ ސަނަދު އޮނިގަނޑު ލެވަލް 3 ގެ ސެޓްފިކެޓެއް ޙާޞިލްވާނެ މިންވަރަށް ތައުލީމާއި ހުނަރު އެމީހުންނަށް ދަސްކޮށްދިނުމެވެ. އަދި މިފޭސްފުރިހަމަކުރާ ކޮންމެ މީހަކަށް ވެސް، ފޭސް 4 ގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އެމީހަކަށް ތަމްރީނު ލިބިފައިވާ ދާއިރާއަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން ހިންގާ މި ޕްރޮގްރާމަކީ، 1 އަހަރާ 3 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އައިކޯސްޓާއި، މާފުށީ ޖަލު ގުޅިގެން މި ފްރޭމްވަރކްގައި ބައިވެރިވެފައިވާ ޤައިދީންނަށް ތަފާތު އަދި އެކި ފެންވަރުގެ ކޯސްތައް ކުރިއަށް ގެންދާ ގޮތަށެވެ.