ގައިދީންނަށް އަމާޒުކޮށްގެން ހިންގި ފަހާކޯހުގެ ފުރަތަމަ ބުރު ނިމިއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ގައިދީންނަށް އަމާޒުކޮށްގެން ހިންގި “ސެޓްފިކޭޓް 1 އިން ބޭސިކް ސްވިންގ”  ކޯހުގެ ފުރަތަމަ ބެޗް ނިމިއްޖެއެވެ.

މިކޯހަކީ އެމްކިއުއޭގައި ރަޖިސްޓްރީ ކޮށްގެން 5 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި ޖުމްލަ 20 ގައިދީންވަނީ ބައިވެރި ވެފައެވެ. މިކޯހުގައި ތިޔަރީ އަދި ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންގޮސްފައިވެއެވެ. “ސެޓްފިކޭޓް 1 އިން ބޭސިކް ސްވިންގ” ކޯހުގެ ދެވަނަ ބެޗްގެ ކިޔެވުން މިހާރު މާފުށި ޖަލުގައި ކުރިއަށްދާއިރު، މިބެޗްގައިވެސް ޖުމްލަ 20 ޤައިދީން އަންނަނީ ކިޔަވަމުންނެވެ.

“ސެޓްފިކޭޓް 2 އިން ބޭސިކް ސްވިންގ” ކޯސް ފެށުމަށް މިހާރު ތައްޔާރުވެފައިވާއިރު، ގައިދީންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކޯސްތަކެއް މޯލްޑިވަސް ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް އަންނަނީ ހިންގަމުންނެވެ.