އެމްސީއެސް އާއި އީސީ ގުޅިގެން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި އިލެކްޝަންސް ކޮމިޝަން ގުޅިގެންް މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

mcs ec meeting 2

އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާގައި ބޭއްވި މިބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި، ޑެެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ އާއި، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޠަލާލް އަދި އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަޙްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ މި ބައްދަލުވުމުގައި މަޖިލިސް އިންތިޚާބް 2019 ގެ ކަންކަން ހަރުދަނާކަމާއި އަމާންކަމާއި އެކު ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި އިންތިޚާބާއި ގުޅޭ ކަންކަމުގައި ދެފަރާތުގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.