ޖުވެނައިލް ޖަސްޓިސް ޓްްރެއިނިންގ ޕްރޮގްރާމްގެ 2 ވަނަ ޕްރޮގްރާމް ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑިޒް (އައިކޯސްޓް) އާއި ޖުވެންއިލް ޖަސްޓިސް ގުޅިގެން ސިލްސިލާކޮށް ހިންގަމުންދާ “ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ފޯރ އެމްސީއެސް” ގެ ދެވަނަ ޕްރޮގްރާމް އައްސޭރިޖަލުގައި މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް އާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުންނަށް އައްސޭރި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާއިމެދު ހަރުދަނާކޮށް ކަންކުރާނެ ގޮތްތަކާއި،ކުޑަކުދިންގެ އަދުލުގެ ނިޒާމް އަދި ޤާނޫނާއި ޚިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ ހާލަތާއި، ޖުވަނައިލް ކޯޓާއި ޖުވަނައިލް ކޯޓުން މައްސަލަތަކުގައި ޢަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތުތަކާއި، ރެސްޓޮރޭޓިވް ޖަސްޓިސް ތާރީޚާއި، އަމަލުކުރަމުންދާގޮތުގެ ތައާރަފް އަދި އދ. ގެ ކުޑަކުދިންގެ ޙައްގުތަކާއި ބެހޭ މުއާހަދާތަކާއި، ކުށްކުރާ ކުދިންނާއިއެކު މަސައްކަތްކުރާނެ ފަރާތްތަކަށް އެކުދިންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.

3 ދުވަހުގެ މުއަދަތަށް ކުރިއަށްދ މި ޕްރޮގްރާމް ކުރިއަށްދަނީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައި ހުންނަ އައްސޭރި ޖަލުގަ އެވެ. މި ހިނގާ އޭޕްރިލް މަހުގެ 2 ން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި އައިކޯސްޓާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންގެ އިތުރުން އައްސޭރި ޖަލުގެ 20 އޮފިސަރުން ބައިވެރިވެ އެވެ.