އައްސޭރި ޖަލުގައި ފެންޕްލާންޓެއް ހުޅުވައިފި

Maldives Correctional Service

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ޕްރިސްވޯޓަރގެ ނަމުގައި ފެންޕްލާންޓެއް މިއަދު ހުޅުވައިފި އެވެ.

ފެންޕްލާންޓް ހުޅުއްވައިދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުުގައި ޑެޕިއުުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި، އައްސޭރި ޖަލުގެ ޑައިރެކްޓަރ މުޙައްމަދު ޝާހީން ޢަލީ އާއި، ޕްރިސްވޯޓަރ ގެ ޗެއާމަން ޢަބްދުﷲ ސަޢީދު ޚާލިދު އާއި، ހިންމަފުށީ ކައުންސިލްގެ މެންބަރުންގެ އިތުރުން، ކޮމިޝަންޑް އޮފިސަރުންނާއި، އައްސޭރި ޖަލުގެ އޮފިސަރުން އަދި ޕްރިސްވޯޓަރ ގެ ބައެއް މުވައްޒަފުން ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްރިސްވޯޓަރގެ ޗެއާމަން ވިދާޅުވީ، މިއަދު މިހުޅުވިގެންދިޔަ ފެން ޕްލާންޓުގެ ސަބަބުން އައްސޭރި ޖަލުގެ މުވައްޒަފުންނަށާއި ޤައިދީންނަށް ފަސޭހަކަމާއި އެކު ފެން ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ބޭނުުންވާކަމުގައި ވާނަމަ ކައުންސިލްގެ ހުއްދަ އާއިއެކު އެމީހުންނަށް ވެސް މި ފެން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޗެއާމަން ވިދާލުވީ، މި ފެނަކީ މާލޭގަައި ފުޅީގައި ބަދުކޮށްގެން ވިއްކާ ފެނާ ހަމަ އެއްފެންވަރެއްގެ ފެނެއް ކަމަށާއި، މޯލްޑިވްސް ވޯޓަރ އެންޑް ސެވްރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ލެބޯޓްރީން ކޮންމެ މަހަކުވެސް ފެނުގެ ސާމްޕަލް އެއް ޗެކް ކުރަމުން އަންނަކަމަށެވެ. އަދި ފެނުގައި އެކުލެވޭ ސޯޑިއަމްގެ މިންވަރު ހުންނާނީ، އެބޭފުޅުން ދެއްވި ލަފަޔާއި އެއްގޮތްވާގޮތުގެ މަތިން އެބޭފުޅުން އިރުޝާދު ދެއްވި މިންވަރަށް ކަމަށެވެ. އަދި މ ޕްލާންޓުން އުފައްދާ ފެން، ފެންވެރުމަށާއި އެ ނޫން ބޭނުން ތަކަށް ވެސް ބޭނުުންކުރެވޭނެ ކަމަށް ވެސް ޗެއާމަން ވިދާޅުވި އެވެ. އަދި ކައިރި މުސްތަޤްބަލެއްގައި ވިޔަފާރި އުޞޫލުން މި ފެން ގަންނަން ލިބޭނެގޮތް ހެދުމުގެ މަޝްވަރާތައް ކުރެވި، އެ މަސައްކަތް މިހާރު ކުރެވެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތަށް ފަހު ހިންމަފުށީ ގައި އެރަށުގެ ރައްޔިތުންނާއި އޮޑިދޯނި ފަހަރުގައި ބޭނުންކުރުމަށް އެރަށު ބަނދަރު ސަރަހައްދުގައިވެސް ފެން ޕްލާންޓުގެ ގޮތްޕެއް ވަނީ ހުޅުވާފަ އެވެ. މި ގޮފި ހުޅުއްވާދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އާއި ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހީމް އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *