ލެސް ލީތަލް ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ 3 ވަނަ ރިފްރެޝަރ ޕްރޮގްރާމް ނިންމާލައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ބޭއްވާ ލެސް ލީތަލް ހަތިޔާރު ގެނގުޅުމާއި ބޭނުން ކުރުމާއި ބެހޭ ރިފްރެޝަރ ޕްރޮގްރާމްގެ 3 ވަނަ ޕްރޮގްރާމް މާފުށީ ޖަލުގައި އިއްޔެ ނިންމާލައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އިމެޖެންސީ ސަޕޯޓް ގްރޫޕްގައި މަސައްކަތްކުރާ އޮފިސަރުންނަށް ލެސްލީތަލް ހަތިޔާރުގެންގުޅުމާއި ބޭނުންކުރާނެ ގޮތްތައް މިއޮފިސަރުންނަށް ދަސްކޮށްދީފައިވާ ކަންކަން ރިފްރެޝަރ ކުރުމުގެ ގޮތުން ހިންގުނު ޕްރޮގުރާމެކެވެ.

މާރޗް މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އިމަރޖެންސީ ސަޕޯރޓް ގްރޫޕް (އީއެސްޖީ) ގައި މަސައްކަތް ކުރާ 25 އޮފިސަރުން ބައިވެރިވި އެވެ.