ޖުވެނައިލް ޖަސްޓިސް ޓްްރެއިނިންގ ޕްރޮގްރާމެއް އައްސޭރި ޖަލުގައި ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑިޒް (އައިކޯސްޓް) އާއި ޖުވެންއިލް ޖަސްޓިސް ގުޅިގެން “ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ފޯރ އެމްސީއެސް” ގެ ނަމުގައި ޓްްރެއިނިންގ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

މި ޕްރޮގްރާމަކީ އައްސޭރި ޖަލުގެ އޮފިސަރުންނަށް އަމާޒުކޮށްގެން އައްސޭރި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާއިމެދު ހަރުދަނާކޮށް ކަންކުރާނެ ގޮތްތަކާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމް އަދި ޤާނޫނާއި ޚިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ ހާލަތާއި، ޖުވަނައިލް ކޯޓާއި ޖުވަނައިލް ކޯޓުން މައްސަލަތަކުގައި ޢަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތުތަކާއި، ރެސްޓޮރޭޓިވް ޖަސްޓިސް ތާރީޚާއި، އަމަލުކުރަމުންދާގޮތުގެ ތައާރަފް އަދި އދ. ގެ ކުޑަކުދިންގެ ޙައްގުތަކާއި ބެހޭ މުއާހަދާތަކާއި، ކުށްކުރާ ކުދިންނާއިއެކު މަސައްކަތްކުރާނެ ފަރާތްތަކަށް އެކުދިންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

2 ދުވަހުގެ މުއަދަތަށް ކުރިއަށްދ މި ޕްރޮގްރާމް ކުރިއަށްދަނީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައި ހުންނަ އައްސޭރި ޖަލުގަ އެވެ.

މާރޗް 10 ން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި އައިކޯސްޓާއި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ބޭފުޅުންގެ އިތުރުން އައްސޭރި ޖަލުގެ 20 އޮފިސަރުން ބައިވެރިވެ އެވެ.