ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ވަރކްޝޮޕް ހުޅުމާލޭ ޖަލުގައި ނިންމާލައިފި

ICOST

ސުޕަރވައިޒަރ، މެނޭޖަރ، އަދި ސެކްޝަން ހެޑް ލެވެލްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން، ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމާއި ގުޅޭ ގޮތުން ހުރިހާ ޖަލުތަކެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ވަރކްޝޮޕްތަކުގެތެރެއިން ހުޅުމާލޭ ޖަލުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް އިއްޔެ ނިންމާލައިފިއެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމުކޮށްގެން 2 ދުވަހުގެ މުއްދަތަށް ހުޅުމާލޭ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، ޖަލުތަކުގެ އޮފިސަރުންނަށް ޔުނައިޓެޑް ނޭޝަން ސްޓޭންޑަރޑް މިނިމަމް ރޫލް ގައި ހިމެނޭ ކަންކަމަށް އަހުލުވެރި ކުރުވުމަށާއި، އެކި ދާއިރާތަކުން ސުޕަވައިޒަރ ލެވެލްގައި ކަންކަން ހަރުދަނާގޮތުގައި ކުރާނެ ގޮތްތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޤައިދީންގެ މިޒާޖު ދެނެގަންނާނެ ގޮތްތަކާއި، ޤައިދީންގެ ކަންކަން ނިންމުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ޤައިދީން ހުށައަޅާ ޤާނޫނާއި ޚިލާފު ކަންކަމުން ދުރުހެލިވެ ތިބޭނެ ގޮތްތަކާއި، ކަންކަން ޙައްލުކޮށް، ގޮތް ނިންމައި އަދި މުޢާމަލާތު ކުރާނެ ރަނގަޅު ގޮތްތަކާއި، އެކި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުއަޅާނެ ގޮތްތައް އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ.

އަދި މީގެ އިތުރުން މަންޑެލާ ރޫލްގައި ހިމެނޭ ކަންކަން ކުރުމުގައި އަމަލު ކުރަންވީ އުސޫލްތައް ދެނެގަނެ، އެކަންކަން ޖަލުތަކުގައި ތަންފީޒް ކުރާއިރު ޢަމަލީގޮތުން ކުރާނެ ގޮތްތައްވެސް ވަނީ ދަސްކޮށްދީފައެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މެލޭޝިއާގެ ކޮންސަލްޓެންޓް އެޑީނާ ރައިނާ އާރ ސުބްރަމާނިއަމް އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *