ކޮންޑިޝަނިންގ އެންޑް މެންޓޯރިންގ ވިތު އިންޓަރޕާސަނަލް ވަރކްޝޮޕް މާފުށީ ޖަލުގައި ނިންމާލައިފި

ICOST

ސުޕަރވައިޒަރ، މެނޭޖަރ، އަދި ސެކްޝަން ހެޑް ލެވެލްގައި މަސައްކަތް ކުރާ އޮފިސަރުންނަށް އަމާޒުކޮށްގެން، ޤައިދީންގެ އަސާސީ ހައްޤުތައް ކަށަވަރުކޮށްދިނުމާއި ގުޅޭ ގޮތުން މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕް އިއްޔެ ނިންމާލައިފިއެވެ.

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމުކޮށްގެން މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ، މާފުށީ ޖަލުގެ ސުޕަވައިޒަރ، މެނޭޖަރ އަދި ސެކްޝަން ހެޑް ލެވަލްގައި މަސައްކަތްކުރާ އޮފިސަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 4 ދުވަހުގެ މުއްދަތަށް، މި ފެބްރުއަރީ މަހުގެ 13 ން 16 އަށެވެ.

މި ޕްރޮގްރާމަކީ ޖަލުތަކު ގެ ސުޕަވައިޒަރ، މެނޭޖަރ އަދި ސެކްޝަން ހެޑް ލެވަލްގައި މަސައްކަތްކުރާ އޮފިސަރުންނަށް ޔުނައިޓެޑް ނޭޝަން ސްޓޭންޑަރޑް މިނިމަމް ރޫލް ގައި ހިމެނޭ ކަންކަމަށް އަހުލުވެރި ކުރުވުމަށާއި، އެކި ދާއިރާތަކުން ސުޕަވައިޒަރ ލެވެލްގައި ކަންކަން ހަރުދަނާގޮތުގައި ކުރާނެ ގޮތްތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ޤައިދީންގެ މިޒާޖު ދެނެގަންނާނެ ގޮތްތަކާއި، ޤައިދީންގެ ކަންކަން ނިންމުމުގައި ގެންގުޅެންޖެހޭ މިންގަނޑުތަކާއި، ޤައިދީން ހުށައަޅާ ޤާނޫނާއި ޚިލާފު ކަންކަމުން ދުރުހެލިވެ ތިބޭނެ ގޮތްތަކާއި، ކަންކަން ޙައްލުކޮށް، ގޮތް ނިންމައި އަދި މުޢާމަލާތު ކުރާނެ ރަނގަޅު ގޮތްތަކާއި، އެކި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުއަޅާނެ ގޮތްތައް އޮފިސަރުންނަށް ވަނީ އުނގަންނައިދީފައެވެ.

އަދި މީގެ އިތުރުން މަންޑެލާ ރޫލްގައި ހިމެނޭ ކަންކަން ކުރުމުގައި އަމަލު ކުރަންވީ އުސޫލްތައް ދެނެގަނެ، އެކަންކަން ޖަލުތަކުގައި ތަންފީޒް ކުރާއިރު ޢަމަލީގޮތުން ކުރާނެ ގޮތްތައްވެސް ވަނީ ދަސްކޮށްދީފައެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މެލޭޝިއާގެ ކޮންސަލްޓެންޓް އެޑީނަރައިނާ އާރ ސުބްރަމާނިއަމް އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *