އެމްސީއެސް އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ޖުވެނައިލް ޖަސްޓިސް ޕްރޮގްރާމެއް ފެށުމަށް އެއްބަސްވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް އާއި ގުޅިގެން ޖުވެނައިލް ޖަސްޓިސް ޕްރޮގްރާމެއް ފެށުމަށް މިއަދު އެއްބަސްވެއްޖެއެވެ.

އެމްސީއެސްގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މިވެވުނު އެއްބަސްވުމަކީ، އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓް އާއި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުންނަށް، 5 ދުވަހުގެ މުއްދަތަށް އައްސޭރި ޖަލުގައި ޙުކުމް ތަންފީޒް ކުރަމުންދާ 18 އަހަރު ނުފުރޭ ކުދިންނާއިމެދު ކަންކަން ހަރުދަނާގޮތުގައި ކުރާނެ ގޮތްތައް ދަސްކޮށްދިނުމަށާއި، އަދި އަލަށް މިމުއައްސަސާއާއި ކުރިމަތިލާ ފަރާތްތަކަށް އެއޮފިސަރުންނަށް ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުވެނައިލް ޖަސްޓިސް އާއި ގުޅޭގޮތުން ޕްރޮގްރާމްއެއް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ.

މި ޕްރޮގްރާމް ފަށާނެެ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނެތް ނަމަވެސް، ކައިރި މުސްތަޤްބަލެއްގައި މި ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އައިކޯސްޓުން އެކި މުއައްސަސާތަކާއި ގުޅިގެން ޖަލުގެ ކަންކަން ހަރުދަނާކުރުމަށް އެކިފަހަރުމަތިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގަމުންނެވެ.