ކޮމިޝަންޑް އޮފިސަރުންނަށް ލީޑަރޝިޕް ކޮމްޕިޓެންސީ ވަރކްޝޮޕެއް ބާއްވައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކޮމިޝަންޑް އޮފިސަރުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ކޮމްޕެޓެންސީ ވޯރކްޝޮޕެއް ކުރިއަށްގެންސްފިއެވެ.

މާފުށީ ޖަލުގައި އިއްޔެ ބޭއްވި މި ވޯރކްޝޮޕަކީ، 1 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ވޯރކްޝޮޕެކެވެ.

މި ވޯރކްޝޮޕަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ކޮމިޝަންޑް އޮފިސަރުން އެކި ދާއިރާތަކުން މެނޭޖްމަންޓް ލެވެލްގައި ކަންކަން ހަރުދަނާގޮތުގައި ކުރާނެ ގޮތްތަކާއި ބެހޭގޮތޮން މަޝްވަރާކުރުމަށް ބޭއްވި ވޯރޝޮޕެކެވެ. މި ވޯރކްޝޮޕްގައި މަޝްވަރާގެ އުސޫލުން ކަންކަން ނިންމުމުގެ މުޙިއްމުކަމާއި، ކަންކަމާމެދު ފުންކޮށް ވިސްނައި ކަންކަން ދިރާސާކުރާނެ ގޮތްތަކާއި، ކަންބޮޑުވުންތަކުން ދުރުހެލިވާނެ ގޮތްތަކާއި، އިސްނެގުމާއި އިސްވެ އުޅުމުގެ ތެރެއިން އެކި މީހުންގެ މިޒާޖު ދެނެގަންނާނެ ގޮތްތަކާއި، ކަންކަން ޙައްލުކޮށް، ގޮތް ނިންމައި އަދި އެކި ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުއަޅާނެ ގޮތްތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދެއްވީ މެލޭޝިއާގެ ކޮންސަލްޓަންޓް އެޑީނާރައިނާ ރ ސުބްރަމާނިއަމް އެވެ.