މާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ޑިނަރ ނައިޓެއް މިރޭ އެޖަލުގައި ބާއްވައިފިއެވެ.

މިރޭގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް، އިބްރާހިމް މުހައްމަދު ދީދީއެވެ. މީގެއިތުރުން ކޮމިޝަންޑް އޮފިސަރުންނާއި، މާލޭ ޖަލުގެ އޮފިސަރުން މިޙަފްލާގައި ބައިވެރިވިއެވެ.

މިޙަފްލާގައި ވޭތުވެދިޔަ އަހަރު އެޖަލުން އެކިގޮތްގޮތުން ފާހަގަކޮށްލެވުނު އޮފިސަރުންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ދީފައެވެ.

އަދި، މިރޭގެ ޙަފްލާގައި މާލޭ ޖަލުގައި ވޭތުވެދިޔަ އަހަރު ކުރެވުނު މުހިންމު ކަންތައްތަކާއި، ލިބިފައިވާ ކާމިޔާބީތަކާއި، ފާހަގަކޮށްލެވޭ އެކިކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައި ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ގެނެސްދީފައެވެ.

މިޙަފްލާ ނިމިގެންދިޔައީ، ދުވަހަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ކޭކު ފެޅުމަކުންނެވެ.