އައްސޭރި ޖަލުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އައްސޭރި ޖަލުގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް އިއްޔެ އެ ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޖަލުތަކުގެ އިސްވެރިންނާއި އައްސޭރި ޖަލުގެ މުވައްޒަފުންނާއި ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ.

އައްސޭރި ޖަލަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ ޤައިދީން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތުގެ ގިނަ މަސައްކަތްތަކެއް ކުރުވާ ޖަލެކެވެ. މިހާރުވެސް މިޖަލުގައި ގިނައަދަދެއްގެ ޤައިދީން ތިބިއިރު، އެޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ގޮތުން ތަފާތުގިނަ މަސައްކަތްތަކެއް ޤައިދީންލައްވާ ކުރުވަމުން ގެންދެއެވެ.