ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އިބްރާހީމް މުޙައްމަދު ދީދީ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އިބްރާހީމް މުޙައްމަދު ދީދީ މިއަދު އައްޔަން ކުރައްވައިފިއެވެ.

އިބްރާހީމް މުޙައްމަދު ދީދީ މިމަޤާމަށް އައްޔަންކުރެއްވިއިރު ހުންނެވީ ސުޕްރިންޓެންޑެންޓްގެ މަޤާމްގައެވެ.