މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު ސައުތު ކޮރެއާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު މިއަދު ސައުތު ކޮރެއާއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅަކީ މާރޗް 14 އިން 18 އަށް ސައުތު ކޮރެއާގެ ސޯލްގައި އޮންނަ “ފަސްވަނަ އޭޝިއަން ކޮންފަރެންސް އޮފް ކަރެކްޝަނަލް ފެސިލިޓީސް އަރކިޓެކްޓް އެންޑް ޕްލޭނާރސް” (އޭ.ސީ.ސީ.އެފް.އޭ) ގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި މަޝްވަރާ ކުރެވޭނީ ދުނިޔޭގެ ޖަލުތައް ޑިޒައިން ކުރެވިފައިވާ ގޮތްތަކާ ބެހޭ ގޮތުންނެވެ. އަދި ޖަލުތަކުގައި ޑިޒައިން ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކާއި، މިހާރު ހުރި މައްސަލަތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެއެވެ. މިބައްދަލުވުމުގައި ދުނިޔޭގެ ތަފާތު 12 ގައުމަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައިވެރިވެލައްވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއާއި، މާފުށި ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ގެ އިތުރުން އެމަޖެންސީ ސަޕޯޓް ގްރޫޕް (އީ.އެސް.ޖީ) ގެ ކޮމާންޑިން އޮފިސަރ، ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ އެވެ.