ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމަށް ޢަބްދުﷲ މުނާޒް އައްޔަންކުރައްވައިފި

Commissioner of Prisons

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޢަބްދުﷲ މުނާޒް އިއްޔެ އައްޔަންކުރައްވައިފިއެވެ.

ޢަބްދުﷲ މުނާޒް މިމަޤާމަށް އައްޔަންކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ. ޢަބްދުﷲ މުނާޒަކީ، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްގައި 24 އަހަރު ޚިދުމަތްކުރައްވައި 2011 ވަނަ އަހަރު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވިއިރު ޢަބްދުﷲ މުނާޒް ހުންނެވީ ފަރސްޓް ލެފްޓްނަންގެ މަޤާމްގައެވެ.

އަދި 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާއި ގުޅިގެން ޢަބްދުﷲ މުނާޒް ވަނީ ސުޕްރިންޓެންޑެންޓްގެ މަޤާމަށް އައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަޤާމްވެސް އަދާކުރައްވައިފައެވެ.

ޢަބްދުﷲ މުނާޒަކީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ފޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ތަޢުލީމު ޙާޞިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *