ދިވެހިރާއްޖޭގައި ހިންގާ ފުރަތަމަ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމެންޓް ކޯސް ފަށައިފި

ICOST

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހެއް މިއަދު ފަށައިފިއެވެ.

މިކޯސް އިފްތިތާހުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް (ޑީސީޕީ) ޙަސަން ޒިލާލްއެވެ. މީގެއިތުރުން ކޮމިޝަންޑް އޮފިސަރުންނާއި ކޯހުގެ ބައިވެރިން މިޙަފްލާގައި ބައިވެރިވިއެވެ.

މިއަދު ފެށި މިކޯސް ހިންގަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިންނެވެ. މި ކޯހަކީ މޯލްޑިވްސް ކަރެކްޝަަނަލް ސަރވިސް (އެމްސީއެސް) ގައި މަސައްކަތްކުރާ ޖަލު އޮފިސަރުންނަށް އަމާޒުކޮށް ފެށި ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ، ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށްހަދައި، މެނޭޖްމަންޓް ލެވެލްގައި ދިމާވާ މައްސަލަތައް ހައްލު ކުރާނެގޮތް އޮފިސަރުންނަށް އުނގަންނައިދިނުމެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ.

މީގެއިތުރުން، މިއީ މިދާއިރާއިން ދިވެހިރާއްޖޭގައި ހިންގާ ފުރަތަމަ ކޯހަށް ވުމާއިއެކު މިކޯހުގައި ކިޔަވައިދެއްވައި މުދައްރިބުންނަކީ ކަރެކްޝަނަލް މެނޭޖްމަންޓްގެ އެކި ދާއިރާތަކުން ޑިގްރީ ލެވެލްއިން ފެށިގެން މަތީ ލެވެލްތައް ޙަޞިލްކޮށްފައިވާ ބޭފުޅުންނެވެ.

މިކޯހުގައި މާފުށީ ޖަލާއި، އިމަރޖެންސީ ސަޕޯރޓް ގްރޫޕާއި، މާލެ ޖަލާއ،ި ހެޑް އޮފީސް އަދި އައްސޭރި ޖަލުގެ އޮފިސަރުން ބައިވެރިވެފައިވެއެވެ. ޖުމްލަ 101 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާ މިކޯސް ކުރިއަށް ދަނީ މާފުށީ ޖަލުގެ ލެކްޗާރ ހޯލުގައެވެ.

 

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *