ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް ފަށައިފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށް ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެ ފެށި މިޕްރޮގްރާމަކީ، އައިކޯސްޓްގެ ފަރާތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމެންޓް ކޯހަށް އޮފިސަރުން ތައްޔާރުކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

15 ހަފްތާގެ މުއްދަތަށް ކުރިއަށްދާ މިޕްރޮގްރާމަކީ، ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މެންދުރު 13:30 ން 15:45 އަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށްދަނީ މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައެވެ.

އައިކޯސްޓުން އަންނަނީ ޕްރިޒަން އޮފިސަރުންނާއި ސިވިލް މުވައްޒަފުންނާއި ޖަލުތަކުގައި ތިބޭ ގައިދީންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮގްރާމްތައް އެކިފަހަރުމަތިން ހިންގަމުންނެވެ.