އެގްރިކަލްޗަރ ފެއަރ 2018 ހޯމް މިނިސްޓަރ ހުޅުއްވާދެއްވައިފި

މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް މާފުށީ ޖަލުން އިންތިޒާމްކޮށްގެން އެގްރިކަލްޗަރ ފެއާއެއް ބާއްވައިފިއެވެ.

“އެގްރިކަލްޗަރ ފެއަރ 2018” ގެ ނަމުގައި މިއަދު މެންދުރު ފެށި މިފެއަރ ހުޅުއްވާދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

މިފެއަރގައ ގައިދީން ހައްދާ އެކިވައްތަރުގެ ބަގީޗާގަހާއި، މިރުސްގަހާއި، އެކިބާވަތުގެ ތަރުކާރީވެސް ވިއްކަން ވަނީ ބަހައްޓާފައެވެ.

މިރޭ 22:00 އާއި ހަމައަށް ކުރިއަށްދާ މިފެއަރއަށް ގިނަބައެއްގެ ތަރުހީބު ދަނީ ލިބެމުންނެވެ. މިފެއަރއަށް މާފުށީން ބޮޑު ތަރުހީބެއް ލިބެމުންދާތީ މިއަންނަ އަހަރުވެސް މިފަދަ ފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.