އައްސޭރި ޖަލުގެ އޮފިސަރުންނަށް “އައުޓް ލުކް” އާއި ގުޅޭ މައުލޫމާތު ދީފި.

އައްސޭރި ޖަލުގެ އޮފިސަރުންނަށް “އައުޓް ލުކް” އާއި ގުޅޭ މައުލޫމާތު ދީފި.

އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނަށް “މައިކްރޯ ސޮފްޓް އައުޓް ލުކް” އާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންއެއް އިއްޔެ އައްސޭރި ޖަލުގައި ބާއްވައިފިއެވެ.

މިސެޝަންގެ ބޭނުމަކީ އޮފީހުގެ މާހައުލުގައި މުވައްޒަފުން އީމެއިލް ބޭނުންކޮށްގެން މުއާމަލާތް ކުރާނެ ހުނަރު ދަސްކޮށްދީ، އީމެއިލްއަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ. އަދި އޮފީހުގެ މަސައްކަތް ތަކުގައި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކޮށް، މުއާމަލާތް ކުރުގައި އަވަސް އަދި ރައްކާތެރި ގޮތުގައި މުއާމަލާތް ކުރެވޭނެ ގޮތްތަކަށް އޮފިސަރުންނާއި މުވައްޒަފުން އަހުލުވެރި ކުރުވުމެވެ.

މިކަމުގެ ސަބަބުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިންގުމުގެ ފެންވަރު ރަނގަޅުވެ، މަސައްކަތް ހަލުވިވެގެން ދާނެއެވެ. އަދި ކަރުދާހަށް ކުރާ ހަރަދު ވަރަށްބޮޑަށް ކުޑަވެގެންދާނެއެވެ.

މީގެއިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައި.ޓީ ހެލްޕް ޑެސްކާބެހޭ މައުލޫމާތުވެސް އައްސޭރި ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނަށް ދިނެވެ. މިގޮތުން އައި.ޓީ ހެލްޕް ޑެސްކު ބޭނުންކުރާނެ ގޮތާއި، އެ ހިދުމަތް ހޯދާނެ ގޮތުގެ މައުލޫމާތާއި އުސޫލުތައް ވެސް ކިޔައިދެވުނުވެ.