މާފުށީ ޖަލުގައި ސިވިލް ސްޓާފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފި

މާފުށީ ޖަލުގައި މަސައްކަތްކުރާ ސިވިލް ސްޓާފުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިޕްރޮގްރާމަކީ، އިންސްޓިޓިއުޓް ފޯ ކަރެކްޝަންލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމްކޮށްގެން މާފުށީ ޖަލުގައި މިމަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ޖަލުތަކުގައި މަސައްކަތްކުރާ ސިވިލް ސްޓާފުން މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް އެކަމާގުޅޭގޮތުން މަޢުލޫމާތުދީ، ޖަލުތަކުގައި މަސައްކަތްކުރާއިރު އަމިއްލަ ނަފްސު ދިފާއުކުރުމަށް މަސައްކަތް ކުރާނެެގޮތް ދަސްކޮށްދީ، ސިވިލް ސްޓާފުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމް ކުރިއަށްގެންދިޔައީ މާފުށީ ޖަލުގެ ލެކްޗަރ ހޯލުގައެވެ.

ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ގައިދީންނަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތަކާއި ކޯސްތައް އައިކޯސްޓުން އަންނަނީ އެކިފަހަރުމަތިން ހިނގަމުންނެވެ.