ހުޅުމާލޭ ޖަލުގެ އަހަރީ “ޑިނަރ ނައިޓް” ބާއްވައިފ

ހުޅުމާލޭ ޖަލުގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެޖަލުގައި ބޭއްވި ޚާއްޞަ ޙަފްލާގެ ތެރެއިން

ހުޅުމާލޭ ޖަލަށް ހަ އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެޖަލުގައި ޑިނާ ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްއެވެ. މީގެ އިތުރުން މި ޙަފްލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިސް ވެރިންނާއި، ހުޅުމާލޭ ޖަލުގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތައް ބައިވެރިވިއެވެ.

އަދި 2018 ވަނަ އަހަރު އެންމެ ފާހަގަކޮށްލެވުނު އެޖަލުގެ މުވައްޒަފުންނަށާއި، އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފަރާތްތަކަށް ހަނދާނީލިޔުންވެސް ދީފައިވެއެވެ.

މިޙަފްލާ ކުރިއަށްދިޔައީ ޙަފްލާގެ ބައިވެރިންނަށް ތައްޔާރުކުރެވިފައިވާ ޚާއްޞަ ކެއުމަކާއި އެކުގައެވެ. އަދި މި ޙަފްލާގައި އެޖަލުގެ އަހަރީދުވަސް ފާހަގަކުރުމަށް ތައްޔާރުކުރެވިފައި ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފައެވެ.