އޭ.ސީ.ސީ.އެފް.އޭ ގެ ފަސްވަނަ ކޮންފަރެންސްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކަރުދާސް ހުށަހަޅައިފި.

corrections-01

ފަސްވަނަ އޭޝިއަން ކޮންފަރެންސް އޮފް ކަރެކްޝަނަލް ފެސިލިޓީސް އާކިޓެކްޓް އެންޑް ޕްލޭނާސް  ގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކަރުދާސް އިއްޔެ ހުށަހަޅައިފިއެވެ.

ސައުތު ކޮރެއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޮންފަރެންސްގައި 14 ގައުމަކުންނާއި އިންޓަނޭޝަނަލް ހަތަރު އޮގަނައިޒޭޝަނަކުން ބައިވެރިވެއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ސައުތު ކޮރެއާގެ ސޯލްގައި މިމަހު 14 އިން 18 އަށެވެ.

މި ކޮންފަރެންސްގައި ބޮޑަށް މަޝްވަރާ ކުރެވެނީ ޓެކްނޮލޮޖީގެ އެހީގައި ޖަލުތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ޖަލުތައް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުންނެވެ. އަދި ޖަލުތައް ޑިޒައިން ކުރާއިރު އިތުރަށް ވިސްނަންޖެހޭ ކަންތައްތަކާއި، މިހާރު ހުރި މައްސަލަތަކާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ގޮސްފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *