މާފުށީ ޖަލުގެ އަހަރީ “ޑިނަރ ނައިޓް” ބާއްވައިފި

މާފުށީ ޖަލަށް 20 އަހަރު ފުރުމާއި އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އަށް 11 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އެޖަލުގައި ޑިނަރ ނައިޓެއް ބާއްވައިފިއެވެ.

މި ޑިނަރ ނައިޓް ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އެވެ.

މި ޙަފްލާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް ރޭންކުގެ އޮފިސަރުންނާއި މާފުށީ ޖަލުގެ އޮފިސަރުންގެ އިތުރުން އެ ޖަލުގެ ސިވިލް ސްޓާފުންނާއި ޢާއިލާތައް ބައިވެރިވެފައިވެއެވެ.

_MG_6509

މި ޙަފްލާގައި މާފުށީ ޖަލުގެ އޮފިސަރުންނާއި ސިވިލް މުވައްޒަފުންގެ މެދުގައި ގުރުނެގުން އޮތެވެ. ގުރުލައިގެން ޖުމްލަ 40 ފަރާތަކަށް މި ޙަފްލާގައި އިނާމް ލިބުނެވެ.

_MG_6492

މި ޙަފްލާ ކުރިއަށް ދިޔައީ “އިންމޭޓްސް ބޭންޑް” ގެ ލައިވް މިއުޒިކާ އެކުއެވެ. އިންމޭޓްސް ބޭންޑަކީ މާފުށީ ޖަލުގައި ތިބޭ ޤައިދީންގެ ތެރެއިން މިއުޒިކު ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ ބޭންޑެކެވެ. އަދި އިންމޭޓްސް ބޭންޑަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ބޭންޑްގެ އިތުރުން ވާންޗޯސްގެ ފޯރިގަދަ ހުށަހެޅުންތައް ފެނިގެންދިޔައެވެ.