ޤައިދީންނަށް ހިންގާ ކޮމްޕިއުޓަރ އެޕްލިކޭޝަން ކޯސް ފަށައިފި

ޤައިދީންނަށް ހިންގާ ކޮމްޕިއުޓަރ އެޕްލިކޭޝަން ކޯހުގެ ހަތަރުވަނަ ބެޗް މިއަދު މާފުށީ ޖަލުގައި ފަށައިފިއެވެ.

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށް ގެންދާ މި ކޯހަކީ ކޮންޕިއުޓަރގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ޤައިދީންނަށް ކޮންޕިއުޓަރުގެ ބޭސިކް އަސާސްތައް ދަސްކޮށްދިނުމާއި، އެރޮނގުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ތަނަވަސްކޮށްދިނުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެޕްރޫވްކޮށްގެން ކުރިއަށް ގެންދާ މިކޯހަކީ ޖަލުގައިތިބި ދެޖިންސްގެ ޤައިދީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޯހެކެވެ. މި ކޯހުގައި ކިޔަވައިދެއްވަނީ އައިކޯސްޓްގެ މުދައްރިބުންނެވެ.

މިކޯހަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދާ ކޯހެކެވެ. ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި ޖުމްލަ 31 ޤައިދީން ބައިވެރިވެފައިވެއެވެ.