އައިކޯސްޓުން ހިންގާ ކޯސްތަކާގުޅޭ މަޢުލޫމާތުދީފި

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ތަފާތު ކޯސްތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް މިއަދު ފަށައިފިއެވެ.

މި ސެޝަންތަކަކީ ޕްރިޒަން އޮފިސަރުންނަށް އަމާޒުކޮށްގެން އައިކޯސްޓުން ކުރިއަށްގެންދާ ކޯސްތަކާއި ހިންގާ ޕްރޮގްރާމްތަކާގުޅޭ މަޢުލޫމާތު ސީދާ އައިކޯސްޓް މެދުވެރިކޮށް ފޯރުކޮށް ދިނުމަށް ކުރިއަށްގެންދާ ސެޝަންތަކެއްކަމަށް އައިކޯސްޓުން މަޢުލޫމާތު ދެއްވައެވެ. އަދި މިދާއިރާއިން ކިޔަވަން ބޭނުން އޮފިސަރުންނަށް ހުރި ފުރުޞަތުތަކަކީ ކޮބާކަމާއި، އެ ފުރުޞަތުގެ ބޭނުން ހިފަން ޝައުގުވެރިވާ އޮފިސަރުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް އައިކޯސްޓުން ކުރަމުންގެންދާ މަސައްކަތެއްކަމަށް މި ސެޝަންތަކުގައިވަނީ ވިދާޅުވެފައެވެ.

މަޢުލޫމާތު ދިނުމުގެ މި ސެޝަންތަކުގައި އައިކޯސްޓުން ފެށުމަށް ތައްޔާރުވަމުންދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހަށް ޝަރުޠު ފުރިހަމަވާ އޮފިސަރުންނަށް އެ ފުރުޞަތު އޮތްކަމަށާއި އެ ކޯހާގުޅޭ އިތުރު މަޢުލޫމާތުވެސް މި ސެޝަންގެ ތެރެއިން ގެންދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ސެޝަންތަކުގައި އޮފިސަރުންކުރާ ސުވާލުތަކަށް އައިކޯސްޓްގެ ފަރާތުން ގެންދަނީ ޖަވާބުދެއްވަމުންނެވެ.

މި ސެޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކާއި ހެޑް އޮފީހުގައިވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.