އައްސޭރި ޖަލުގައި ގައިދީންނަށް އިންތިޒާމްކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތް ނިމިއްޖެ

ގައިދީންނަށް ބޭއްވި ފުޓްބޯޅަ މުބާރާތް ނިންމުމުގެ ހަފްލާގެ ތެރެއިން---
ގައިދީންނަށް ބޭއްވި ފުޓްބޯޅަ މުބާރާތް ނިންމުމުގެ ހަފްލާގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައިތިބި ގައިދީންގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަށް އިންތިޒާމްކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރާތް އިއްޔެ ނިމިއްޖެއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ޓީމް ގްރީން އާއި ޓީމް އޮރެންޖް ބައްދަލުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހަތަރު ލަނޑު ދެ ލަނޑުން، ޓީމް ގްރީންއެވެ.

މި މުބާރާތް ނިންމުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީއެވެ. އަދި ޗެމްޕިއަންކަން ހޯދި ޓީމަށް ތައްޓާއި، ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީވެސް ޝަރަފްވެރި މެހެމާނެވެ. މި ހަފްލާގައި އައްސޭރި ޖަލުގެ އޮފިސަރުންނާ ގައިދީންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މި މުބާރާތަކީ ގައިދީން ރަނގަޅު ގޮތުގައި އަނބުރާ މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން އައްސޭރި ޖަލުގައި ތިބި ގައިދީންނަކީ ވިސްނުމުގެ ގޮތުންނާއި އަހުލާގީ ގޮތުން ރަނގަޅު ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ޖުމްލަ ހަ ޓީމް ވާދަކުރި މިމުބާރާތް ކުރިއަށް ދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މިމުބާރާތަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އައްސޭރި ޖަލުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *