ޤައިދީއެއް އިމަޖެންސީކޮށް މާލެ ގެނެސްފި

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ޙުކުމްތަންފީޒު ކުރަމުންގެންދާ ޤައިދީއެއް އިމަޖެންސީކޮށް މާލެގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވީ ހާޓް އެޓޭކެއް ޖެހިފައިވާކަމަށެވެ.

ޤައިދީ އިމަޖެންސީކޮށް މާލެގެނައީ މެއަށް ތަދެއް އަރައިގެން ހިންމަފުށީ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އީސީޖީގައި މައްސަލަތަކެއް ހުރުމުން އިތުރު ފަރުވާއަށް ޑޮކްޓަރު ރިފަރ ކުރުމުންނެވެ.

ޤައިދީއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި މިހާރު ކުރިއަށްގެންދަނީ އެންޖީއޯގްރާމް ހެދުމުގެ މަސައްކަތެވެ.

ހާޓް އެޓޭކެއް ޖެހިފައިވަނީ 10 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންގެންދާ އުމުރުން 50 އަހަރުގެ ޤައިދީއެކެވެ.

އެ ޤައިދީއަކީ ކުރިން ހިތުގެ އެއްވެސް މައްސަލައެއް ރެކޯޑު ކުރެވިފައިވާ ޤައިދީއެއް ނޫނެވެ.

އައްސޭރިޖަލަކީ ފިރިހެން ޤައިދީން ބަލަހައްޓަމުންގެންދާ ޖަލެކެވެ.