ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން ކޯހުގެ 4 ވަނަ ބެޗް ފަށައިފި

1

އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ހިންގާ ތަފާތު ކޯސްތަކުގެ ތެރެއިން ކުރިއަށްގެންދާ ސެޓްފިކެޓް I އިން ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަން  ކޯހުގެ 4 ވަނަ ބެޗް މިއަދު ފަށައިފިއެވެ.

ފަސް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 24 ޕްރިޒަން އޮފިސަރުން ބައިވެރިވިއެވެ.

މިކޯހަކީ ހައުސް ވަޔަރިން އެންޑް އިލެކްޓްރިޝަންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. މިކޯހުގެ ބޭނުމަކީ އޮފިސަރުންގެ ހުނަރު ތަރައްގީކޮށް، މިދާއިރާއިން އިތުރަށް ކުރިއަށްދިއުމުގެ މަގުފަހިކޮށްދިނުމެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްގެން ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *