ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް

31 އޯގަސްޓް 2013 ގެ ކުރިން ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ގިނަ އަދަދެއްގެ ފަރާތްތަކަށް، ގަވާއިދު ނަންބަރު (R-37/2016  މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަދަބު ލުއިކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ވަނީ އަދަބު ލުއި ކޮށްދެއްވާފައެވެ.

ވީމާ، މިދެންނެވި މުއްދަތުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައިވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ 10.00 އިން 15.00 އަށް، 3026125 އަދި 3026127 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފު ކުރެއްވުމަށް ދަންނަވަމެވެ.

ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް މި ދެންނެވީ މި ސަރވިސްގައި އެފަރާތްތަކާ ގުޅޭނެ މަޢުލޫމާތު ނެތުމުގެ ސަބަބުން ކަމުގައިވެސް ދަންނަވެމެވެ.