ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018: ފައިނަލްގެ ދެވަނަ ޖާގަ މާލޭ ޖަލުން ކަށަވަރުކޮށްފި

ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ފައިނަލްގެ ދެވަނަ ޖާގަ މާލޭ ޖަލުން ކަށަވަރުކޮށްފިއެވެ.

މާލޭ ޖަލުން ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރީ ރޭ ޓީމް އެޗްކިއު އާ ބައްދަލުކޮށް ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލްގައި މާލޭ ޖަލުން ބައްދަލު ކުރަންޖެހޭނީ މާފުށީ ޖަލާއެވެ.

2

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޖަލުގެ ޖާޒީ ނަންބަރު 13 އަޙްމަދު ޝާހީން އެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި އޮގަސްޓް މަހުގެ 14 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައެވެ.

މި މުބާރާތަކީ އޮފިސަރުންނާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލާކޮށް އިތުރުކުރުވައި ވޮލީ ކުޅޭ ކުޅުންތެރިންގެ ހުނަރު ތަރައްޤީ ކުރުވުމުގެ މަޤްޞަދުގައި ޕްރިޒަން ކުލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމް ވާދަކޮށްފައިވެއެވެ.