ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018: ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލަށް

ޖަލުތަކުގެ މެދުގައި ކުރިއަށްދާ އެންމެ ފޯރިގަދަ ވޮލީބޯޅަ މުބާރާތް ކަމަށްވާ ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލުން ހޯދައިފި އެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލުން ހޯދީ މިރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި މާލޭ ޖަލު އަތުން 3-0 ސެޓުން މޮޅުވެގެންނެވެ.

މި މެޗުން މާލޭ ޖަލު ބަލިވިނަމަވެސް ސެމީގެ ދެވަނަ މެޗަށް މާލޭ ޖަލުވަނި ދަތުރުކޮށްފައެވެ. ސެމީގެ ދެވަނަ މެޗުގައި މާލޭ ޖަލުން ބައްދަލު ކުރާނީ ޓީމް އެޗްކިއު އާއެވެ.

މިރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާފުށީ ޖަލުގެ ޖާޒީ ނަންބަރު 11 ހުސައިން ސަމާޙުއެވެ.