ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤައިދީއެއްގެ ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކުރަނީ

ޖަލުގައި ޙުކުމް ތަންފީޒު ޤައިދީއެއް އެންޖިއޮގްރާމް ހެދުމަށް އިއްޔެ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވެއެވެ.

މިއަދު ހެނދުނު އެ ޤައިދީ އެންޖިއޮގްރާމް ހެދުމަށްފަހު އެ ޤައިދީއަށް ފަރުވާދެއްވަމުން ގެންދަވާ ހިތުގެބަލީގެ ޚާއްޞަ ޑޮކްޓަރު ލަފާދެއްވީ ބައިޕާސް ސާޖަރީއެއް ހަދަންޖެހޭކަމަށެވެ. އަދި އެންޖިއޮގްރާމް ހެދުމަށްފަހު އެ ޤައިދީ ވަނީ އައިސީޔޫ އަށް ބަދަލުކޮށްފައެވެ.

އޯޕަންހާޓް ބައިޕާސް ސަރޖަރީއަކީ މިހާތަނަށް ރާއްޖޭގައި ހެދިފައިވާ އޮޕަރޭޝަނެއްނޫނެވެ. ވީމާ މި އޮޕަރޭޝަނަކީ ރާއްޖޭގައިކުރާ ފުރަތަމަ ހިތުގެ ބައިޕާސް އޮޕަރޭޝަނެވެ.

ހިތުގެ ބައިޕާސް އޮޕަރޭޝަނަކީ ހަށިގަނޑުގެ ބޮޑުބައެއް ކަފާލައިގެންކުރާ ބޮޑު އޮޕަރޭޝަން އެކެވެ.

އެ ޤައިދީގެ ބައިޕާސް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

އެ ޤައިދީއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ އުމުރުން 54 އަހަރުގެ ޤައިދީއެކެވެ.