ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018: އެއްވެސް މެޗަކުން ބަލިނުވެ މާލޭ ޕްރިޒަން އިން ލީގު ޗެމްޕިއަންކަން ހޯދައިފި.

6 3

މުބާރާތުގެ އެއްވެސް މެޗަކުން ބަލިނުވެ، ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ލީގު ޗެމްޕިއަންކަން މާލޭ ޕްރިޒަން ހޯދައިފިއެވެ. ރޭ ކުޅުނު ފޯރިގަދަ މެޗުގައި މާލޭ ޕްރިޒަންގެ ޓީމް މޮޅުވީ 3-2 ސެޓުންނެވެ. ޕްރިޒަން ކުލަބުން އިންތިޒާމް ކޮށްގެން މާފުށީ ޕްރިޒަންގެ ވޮލީ ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ލީގު ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

6 2

ލީގުގެ ދެވަނައަށް ދިޔައީ މާފުށީ ޕްރިޒަން އެވެ. ތިންވަނައަށް ޓީމް އެޗްކިއު ދިޔައިރު އީއެސްޖީ ވަނީ އެއްވެސް މެޗެއް ކާމިޔާބު ނުކުރެވި މުބާރާތުން ކަޓާފައެވެ.

6 1

ރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޕްރިޒަން ޓީމުގެ ޖާޒީ ނަންބަރު 13 އަޙްމަދު ޝާހީން އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *