ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018: މާލޭޖަލު ފެށުން ރަނގަޅުކޮށްފި

ޕްރިސްކޯ ޕީއާރުސީ ވޮލީބޯލް ޓޯނަމަންޓް 2018 ގެ ދެވަނަ މެޗުގައި މާލޭ ޖަލާއި ޓީމް އެޗްކިއު ބައްދަލުކުރި މެޗު 3 ސެޓު 2 ސެޓުން ކާމިޔާބުކުރީ މާލޭ ޖަލުގެ ޓީމެވެ.

ދެޓިމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ ޓީމް އެޗްކިއު އެވެ. ދެވަނަސެޓާއި ތިންވަނަ ސެޓުވެސް މާލެ ޖަލު ގެންދިޔައީ ވާދަވެރި ކުޅުމަކަށް ފަހުއެވެ. ހަތަރުވަނަ ސެޓު ޓީމް އެޗްކިއު ނެގިނަމަވެސް ފަސްވަނަ ސެޓު ކާމިޔާބުކުރީ މާލޭ ޖަލުގެ ޓީމެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ޖަލު ޓީމުގެ ޖާޒީ ނަންބަރު 13 އަހުމަދު ޝާހީން އެވެ. ޝާހީން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.